އިންޑިޔާގެ ޕާލަމެންޓާ ބެހޭގޮތުން އިމާދު ދެއްކެވި ވާހަކަތަކަކީ އެއްވެސް އިލްމީ ހައިސިއްޔަތެއް ނެތް ވާހަކަތަކެއް: އިންޑިޔާގެ ހައިކޮމިޝަނަރު
އިންޑިޔާގެ ޕާލިމެންޓާ ބެހޭ ގޮތުން ޑީއާރުޕީގެ ބައްދަލުވުމުގައި އިމާދު ޞާލިހު ދެއްކެވި ވާހަކަ ތަކަކީ އެއްވެސް އިލްމީ ހައިސިއްޔަތަކުން ދެއްކެވި ވާހަކަތަކެއް ނޫން ކަމަށާއި އެވާހަކާގައި އެއްވެސް ބުރަދަނެއް ނެތްކަމަށް އިންޑިޔާގެ ހައިކޮމިޝަނުން ބުނެފި އެވެ
އިންޑިޔާގެ ހައިކޮމިޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިންޑިޔާގެ Pާލިމެންޓްގައި ތިބީ އެކިއެކިކުށްތައް ކޮށްފައިވާ މީހުންކަމަށް އިމާދު ދެއްކެވި ވާހަކައަކީ އެއްވެސް ބުރަދަނެއް ހުރި އަދި އިލްމީ ވާހަކަތަކެއް ނޫންކަމަށާއި އެފަދަ ޅަ ސިކުނޑިތަކުން ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށެވެ
” ޕޮއިންޓްތައް ހައިކޮމިޝަނަރއަށް އެރުވުމުން ވިދާޅުވީ އެއީ އެއްވެސް ތައުލީމެއް އަދި މާނައެއްނެތް ވާހަކަތަކެއް ކަމަށް. އަދި އިންޑިޔާގެ ޑިމޮކްރަސީ ފުޅާވެގެން އައިއައުން ތާރީހުގައި ފާހަގަ ކުރެވެނީ 20 ވަނަ ގަރުނާއި 21 ވަނަ ގަރުނުގައި އިންސާނުންނަށް ހާސިލް ކުރެވުނު ބޮޑު ކަމެއްގެ ގޮތުގައި. އެހެންކަމުން މިކަހަލަ ކުދި ސިކުނޑި ތަކުން ދައްކާ ވާހަކަތަކަށް އިޖާބަ ނުދެއްވާ“ ރާއްޖޭގައި ހުންނަ އިންޑިޔަން ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ
މިމަހުގެ 21ވަނަ ދުވަހު ރިޔާސީ ނިޒާމަށް ކެމްޕޭނު ކުރުމަށް ޑީއާރުޕީން ބޭއްވި ބައްދަލުވުމުގައި އިމާދުވަނީ އިންޑިޔާގެ މަޖުލީހުގައި ތިއްބަވަނީ ވަގުންނާއި ރޭޕްކުރާ މީހުންނާއި އަދި އެކިކުށްތަކުގައި ބެދިފައިވާ މީހުންކަމަށް ވިދާޅުވެފައެވެ
އިމާދު ވިދާޅުވީ އިންޑިޔާގެ މަޖުލީހުގެ މެމްބަރުންގެ ތެރެއިން 29 މެމްބަރުންނަކީ އަބިމީހާއަށް ޖިސްމާނީ ގެއްލުންތައް ދީފައިވާ ބައެއް ކަމަށާއި 19 މީހުންނަކީ ބޮޑެތި ޖިނާއީކުށްތަކުގައި ބެދިފައިވާ މީހުންކަމަށާއި 117 މެމްބަރުންނަކީ ރޭޕްކުރުމާއި މީހުންމެރުމާއި ވަންކަން ކުރުމުގެ ތުހުމަތުގައި ބެދިފައިތިބި ބަޔަކު ކަމަށާއި 21 މީހުންނަކީ އެކިއެކި ކުށްތަކުގައި މިހާރުވެސް ހުކުމްތައް ކުރެވެމުންދާ ބައެއް ކަމަށެވެ
No comments:
Post a Comment